ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެންނެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.
ތިމާވެށްޓަށް ގެއްލުން ދީފި ނަމަ، 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް އޮވެ އެވެ.
ނައްތާލަން އުޅުނު ފިނޮޅަކީ ހިންމަފުށި ރައްޔިތުން ވަރަށް ގިނައިން ޕިކްނިކް ގޮސް އުޅޭ ތަނެކެވެ. އެކަމާ ގުޅޭ ގޮތުން ގިލިލަންކަންފުށި ރިސޯޓުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.