ކޮރޯނާވައިރަހާ ގުޅިގެން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ސަރުކާރުން މިއަދު ތައާރްފްކޮށްފި އެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އެޕްރީލް އަދި މެއި މަހު ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް އުނިކުރާނެ ކަމަށެވެ.
ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތްކުރަން 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް
ަކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތައް ސަރުކާރުން ހާމަކުރައްވަނީ: (ކ-ވ) މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މި ލިޔުމާ ގުޅޭ
ރިއެކްޝަންސް
44 ކޮމެންޓް
ޖ ވީރު
99% ޕާޓީ ކުދިންނަށްދޭ އެހީއެއް.
ރީތި މޫސަ
މިކަންކަމަކަށްވާނީ 6 މަސްވަންދެން އިންޓަރެސްޓާއި އިންސްޓޯލްމަންޓްވެސް މާފުކޮށްގެން އެހެންނޫނީ 6 މަސްކޮށްފަ ހަމަސްދުވަހުގެ އިންޓަރެސްޓް ދައްކަންޖެހިއްޔާ ވާނީ ބޮޑުތަކުލީފަކަށް
ވަގުތު
ވަރަށް ރަނގަޅު، ކްރިޓޭރިއާވެސް ކަނޑައެޅީދާނެ، އެކަމަކު ލާރި ލިބޭ ފަރާތްތަކުގެ ފަހަތުގަ އެއްގޮތް ކަންތައް ތަކެއް ހުންނާނެ، އެމްޑީޕީއާ ގުޅުން ހުރުން. ސީޕްލޭން ޓަމިނަލް އަށް ތިކަންވެސް ދާނީ. ރަނގަޅަށް ކުރަން ބޭނުންވަންޔާ، ދައުލަތަށް ޓެކްސް ދައްކާ ނިސްބަތުން ބަހާލާ، ނޫނީ ޓެކްސް މާއާފުކޮށްދީ، އެއީ އެންމެ އިންސާފުވެރި ގޮތަކަށް ވާނީ. ތެދު ނިޔަތެއް އޮތްނަމަ މިހެން މިކަން ކުރީހީވެސް!
ކަޑަ
މިވަގުތު ވިޔަފާރިތަކުގެ ޓެކްސް ތިޔަ ލާރިޔަށް ވާވަރަށް މާފު ކުރިނަމަ އެހީތެރިކަން ލިބެނ ޖެހޭ ވިޔަފާރިތަކަށް ލިބެނ ޖެހޭ ނިސްބަތުން އެހީތެރިކަން ލިބުނިސް. ލާރި ބަހަން ފެށީމަ ވާގޮތް އެންމެންނަށްވެސް އެނގޭ. މިހަމަޔަށް ބަދަލު ހޯދަ ދިން ވިޔަފާރި ތަކުން ބައި އެޅުނު މީހުންވެސް އެނގޭ. މިއީ ގޯހެއް!
އައްޔުބެ
ބޮޑު މުސީބާތަކާއި ކުރިމަތުވުމުން އެކަމުން އަރައިގަންނަށް މިތައާރަފްކުރަނީ މާތްﷲ ޙަރާމްކުރައްވާފައިވާ ރިބާ ހިމެނޭ ލޯނު ޕެކޭޖެއް. އިރުއިރުކޮޅުން ކިޔާއަޑުއިވޭނެ އިސްލާމީ ބޭންކިންއޭ. އެކަމަކު މުޅިވެސް ނެރޭނީ ރިބާގެ ނިޒާމް. މިލިބުނު ފުރުޞަތުގައި ރަނގަޅަށް ޤައުމު ދަރުވާލާނެކަން މި ނޫސްކޮންފަރެންސުން އެނގިގެންދިޔައީ. މާތްﷲ ފޮނުއްވާ މިފަދަ އިމްތިހާނުތަކުން ފެއިލްވަނީ މިތިބި. ތަޢުބާވާން ހިތައްވެސް ނާރާ. ޔާﷲ އަޅަމެންނަށް ހެޔޮ ނިމުމެއްދެއްވާށި!
އަހުމަދ ވަހީދު
މިވަގުތު ދިވެހިން ވަޒީފާ އިން ވަކިކޮއް މުސާރަ ކުޑަކޮށް ދިވެހި ރައްޔިތުންނަށް އިހުމާލްވާ ފަރާތްތަކާ މެދު ލޯން ދޫކުރައްވާއިރު ވިސްނެވުން އެދެން
ފީއަލީ
ތީހަމައެކަނި ޕާޓީކުދިންގެ ވިޔަފާރި ނަގަހައްޓަން އެކަނި ދޭއެއްޗަކަށް ވެގެންނުވާނެ
އަނބިމީހާގެފިރިމީހާ
ބޮޑެތި ވިޔަފާރިތައް ހިމާޔަތްކުރާފަދައިން ކުދި ވިޔަފާރިތައްވެސް އަދި އެއްވިޔަފާރިއެއް ނުކުރާމީހުންވެސް ހިމާޔަތްކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
ރާއްޖޭގެ މާލީ ޤާނޫނާއި ޤަވާއިދަށް ބަދަލު ގެނެސް ޒަމާނަށް ފެތޭ އިސްލާޙް ތަކާއި އެކު ރާއްޖޭގެ ފޮރިންގ ކަރަންސީގެ ހާލަތު ހަމައަކަށް އަޅުއްވަން މަރުކަޒީ ބެންކް ޤަވަރުނަރު މަސައްކަތްކޮށްދެއްވަންވީ ނޫންތޯ؟ # އަދި ޓްއަރިޒަމް ވިޔަފާރިން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބޭތޯ ޔަޤީން ކުރުމަށްޓަކާ އިމިޤްރޭޝަން، ޓްއަރިޒަމް، ފިނޭންސް އަދި މީރާއިން ފަތުރުވެރިކަމުގެ ތަފާތު ހިސާބުތައް އާންމުކުރައްވަން ވެއްޖެނޫންތޯ؟ މިކަމަށްވެސް ހުރަސް އޮތީތޯ؟
ޠޮޔޮ
ޤައުމު އިޤްތިސާދީ އަނދަވަޅަކަށް ވެއްޓޭއިރުވެސް ތިއުޅެނީ ތިމާމީހާގެ ޕޮލިސީތައް ޕްރޮމޯޓް ކުރެވޭތޯ. ތިބޭފުޅާ ގޭގައި ނުހުރެ ސިޔާސީ މައިދާނަށް ނުކުންނަވާ
ގައުމުދޯ
ގައުމު އެންމެން ނެތިދިޔަސް ހެޔޮވެގެން ހުންނާނެ މީނަ
ބޮޑުމީހާ
ގާސިމު މެން ފަދަ ދިވެހިން ވަޒީފާ އިން ވަކިކުރި މީހުންނަށް ތި އެހީ ލިބިގެން ނުވާނެ