ދިވެހިންގެ އުއްމީދީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އުއްމީދީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ މ. ރީފްސައިޑް މުހައްމަދު ސައީދަށް ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމުން ޕާޓީ ރަޖިސްޓްރީކޮށް ދޭނީ މަދުވެގެން 3،000 މީހުންގެ ސޮއި ހަމަކޮށް، އަދި މަދުވެގެން 300 މީހުން ބައިވެރިވާ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.
ބައެއް ޕާޓީތައް އުފެއްދުމުގެ ހުއްދައަށް ކުރިން އެދުނަސް، އެ އިލެކްޝަންސް ކޮމިޝަނުން އޭރު ދީފައެއް ނުވެ އެވެ. އެކަމަކު ހުއްދަ ދިން ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތައް މިހާރު ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.