މާލޭގައި މިއަދު މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރެން މަސަައްކަތް ކުރުމަށް ފަހު އެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނު ޝަހީދު އަލީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.
އެހާދިސާގައި ޒަހަމްވީ ބިދޭސީއެއް ކަމަށާއި އޭނާގެ ބުރަކައްޓާއި އިނގިއްޔެއް ތިލަކޮށް ޒަހަމްވެފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.