ހެލްތް މިނިސްޓްރީގެ ނައިބަކަށް ފާތިމަތު ސައުދާ މިއަދު އައްޔަން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓަ އޮފް ހެލްތުގެ ނައިބުގެ މަގާމަށް މ. ފިގް، ފާތިމަތު ސައުދާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެ މިނިސްޓްރީގައި މިހާރު ތިއްބަވަނީ ހަތަރު ސްޓޭޓް މިނިސްޓަރުންނާއި އެންމެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދި ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ.