ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތެއްގެ އަށް ވަނަ ބުރިން ބިދޭސީއަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް 37 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ.
އޭނާއަށް އެކި ޒަހަމްތައް ލިބިފައިވާއިރު ނޭފަތުން ލޭ އައިސްފައި ހުރިކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ދެ ވަނަ ފިޔަވަހީގައި މިހާރު ހަދަމުންދަނީ "ހިޔާ" މަޝްރޫއުގެ އިމާރާތްތަކެވެ.