ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު މޮރިޝަޝް އަށް ވަޑައިގެންފި އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މި ކުރައްވާ ދަތުރުފުޅުގައި، ރައީސްގެ ދެކަނބަލުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައިއޯއައިޖީގެ އެކި ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވާނެ އެވެ.
ދާދިފަހުން ރައީސްގެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ.