އަންނަ ރޯދަ މަހު ދ. ކުޑަހުވަދޫ ގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާނެ 12 ބައިވެރިއަކު އެ ރަށު ކައުންސިލުން ކަނޑައަޅައިފި އެވެ.
މަންޓާ އެއާގެ ސްޕޮންސާޝިޕްގެ އެހީގައި ކުޑަހުވަދޫ ކައުންސިލުން ރޯދަ މަހު ބާއްވާ "ކުޑަހުވަދޫގެ އެންމެ އަލިގަދަ ތަރި" މުބާރާތުގައި ވާދަކުރާނެ ބައިވެރިން ހޮވީ ދެ މަރުހަލާއެއްގައި އޮޑިޝަން ބާއްވައިގެންނެވެ. ކުޑަހުވަދޫ ކައުންސިލުން ބުނީ، މިއީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޚާއްސަ މުބާރާތެއް ކަމަށެވެ.
މުބާރާތް ކާމިޔާބު ކުރާ މީހަކަށް 20،000 ރ. ގެ ފައިސާގެ އިނާމަކާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ އެހެން އިނާމުތައް ވެސް ލިބޭނެ އެވެ.
މުބާރާތުގައި ވާދަކުރާ 12 ބައިވެރިން:
- އާއިޝަތު މާއިޝާ، މާހިޔާ.
- މަރްޔަމް ލަޔާން އިސްމާއިލް ރިޒާ، ޚަލީފާ/ ކުޑަހުވަދޫ.
- ފައިހާ މުހައްމަދު، އުނިމާގެ/ ކުޑަހުވަދޫ.
- އީލާފް އަހްމަދު ސަލާޙު، ވެށި/ ކުޑަހުވަދޫ.
- ސަމާހު ހުސެއިން، ބްލޫގެ/ ކުޑަހުވަދޫ.
- އާއިޝަތު ޝިމަން އަބްދުﷲ ރިޒާ، ޝާހިލް/ ކުޑަހުވަދޫ.
- ހާރިސާ އިބްރާހިމް، މިލާން/ ކުޑަހުވަދޫ.
- މަރްޔަމް މަލްސާ ސައީދު، އެދުރުގެ/ ކުޑަހުވަދޫ.
- ރަމްޒިއްޔާ އަބްދުﷲ، ލިލީމާގެ/ ކުޑަހުވަދޫ.
- މުހައްމަދު ރާސިހު ހުސައިން، ލިލީމާގެ ކުޑަހުވަދޫ.
- މަރްޔަމް ޝިމްލާ، ފިނިވާދީ/ ކުޑަހުވަދޫ.
މުބާރާތުގެ ދެވަނަ އޮޑިޝަން ކާމިޔާބުކޮށް، ފަހު ބުރުގައި ވާދަކުރާ 12 ބައިވެރިންނަށް ކުޑަހުވަދޫ ކައުންސިލުން 15 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވާނެ އެވެ. އަދި އެ މީހުން ވާދަކުރާނީ އަންނަ ރޯދަ މަހުގެ ފަހު 10 ގަ އެވެ.
ކުޑަހުވަދޫ ރައްޔިތުންނަށް މި މުބާރާތް ހުޅުވައިލުމުން ޖުމުލަ 30 މީހަކު އޮޑިޝަން ގައި ބައިވެރިވި އެވެ.