ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބާލިދީއެއް ވެއްޓި އަންހެނެއްގެ ގައިގައި މިއަދު ޖެހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާވެޔޮ ގޯޅީގައި ހަދަމުންދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓިގެން މެންދުރު 1:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގަައި 28 އަހަރުގެ މީހެއްގެ މޭމަތީގައި ޖެހުނު ކަމުގައި ވިއަސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ. އެގޮތުން ސިމެންތި ބަސްތާއެއް ވެއްޓި މިިދިޔަ ޑިސެމްބަރު މަހު ކުޑަކުއްޖަކު މަރުވެފައިވާއިރު އޭގެ ފަހުން ވެސް ގަލެއް ވެއްޓި މީހަކު މަރުވި އެވެ.