ސޯޝަލް މީޑިއާގައި އިންޒާރުދޭ ގޮތަށް ހުންނަ ލިޔުންތައް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުގެ ތެރެއިން ނަފްރަތާއި ހަމަލާއެއް ދީފާނެ ގޮތަށް ދައްކަމުންދާ ވާހަކަތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ އެކަންތައް ބަލަމުންދާއިރު، ވާހަކަ ދެކެވޭ ދެފަރާތުން ވެސް އަނިޔާ އަދި ނަފްރަތު އުފެދޭ ވާހަކަތަކާއި ހާއްސަކޮށް ބިރުދެއްކުން ފަދަ ކަންތައްތައް ނުކުރަން ވަނީ ބާރުއަޅައިފަ އެވެ.

ސޯޝަލް މީޑިއާގެ ތެރެއިން، ހާއްސަކޮށް ޓްވިޓާގައި ވަކިވަކި މީހުންނަށް އަމާޒުކޮށް ތަފާތު ވާހަކަތައް ދައްކަ އެވެ.