ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ ނައިބަކަށް މުހައްމަދު ފައިސަލް އައްޔަންކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ ފައިސަލް ލަންކާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާގެ މަގާމަށް އައްޔަންކުރީ މިއަދެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މިހާރު ވެސް ހުންނެވި ފައިސަލް ވަނީ ކުރިން ސާކްގެ ޗެމްބާ އޮފް ކޮމާސްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމާއި މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓް ބޯޑްގެ މެމްބަރު ކަމާއި ތައުލީމީ ފަންޑުގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުގެ ނައިބަކަށް ފައިސަލް އައްޔަން ކުރިއިރު، ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުގެ މަގާމަށް އުމަރު ރައްޒާގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފަ އެވެ. އެކަމަކު އެ މަގާމުގެ ފަތްކޮޅު އޭނާއަށް އަދި ނާރުވަ އެވެ.