މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އުފައްދަވައިފި އެވެ.
މި ކޮމިޝަންގެ މެމްބަރުންނަކީ:
1- ހުސްނުއްސުއޫދު، ހަސަންކާރިގެ، ސ.މީދޫ
2- އަބްދުﷲ މުނާޒް، ހ. މާފިޔަ
3- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
4- ފަރީޝާ އަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
5- މިސްބާހް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ
ރައީސް އޮފީހުން ބުނީ، އެ ކޮމިޝަން އުފެއްދެވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ކަމަށެވެ.
މި ކޮމިޝަން އުފެއްދެވީ، ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ބެލުމަށެވެ.
އެ ކޮމިޝަން އުފެއްދެވީ، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކޮށް، ހަގީގަތް ހޯދައި، އާންމު ކުރުމަކީ އިންސާފު ގާއިމް ކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ތަފްސީލް އަންނަނީ...