ހުޅުމާލޭގައި ސައިކަލަކާއި ބަހެއް ޖެހި މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ފަހަތުގައި އިން ހަތް އަހަރު ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާގެ ބޯ ދުޅަވެ އަނިޔާތަކެއް ލިބުމުން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީރިއަސް އަނިޔާއެއްވި ކަމަކަށް ނުބެލެވޭ. އެހެން ނަމަވެސް ބޯ ދުޅަވެފައިވާތީ އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބަހެއް ލިބިފައި ނުވާތީ އެ އެކްސިޑެންޓްގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފަ އެވެ.