އާއިލީ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ޚަަރަދުގެ ފައިިސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފި އެވެ.
އެ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ކޯޓަށް ދައްކަންޖެހޭ ސާބިތު ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އެފަދަ މީހުންގެ މައުލޫމާތު ކޮންމެ ތިން މަހަކުން އެއް ފަހަރު އާންމު ކުރުމަށް ފެމިލީ ކޯޓުން ވަނީ ނިންމައިފަ އެވެ/
ސާބިތު ޚަރަދުގެ ގޮތުގައި ބަލާނީ ދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދުގެ ފައިސާ އެވެ. އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު ކުރުމުގެ އިތުރުން އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ފެމިލީ ކޯޓަށް އޮވެ އެވެ.