ކ. ތިލަފުށީގައި މިއަދު ކޮމްޕްރެސަރެއް ގޮވައި ތިން މީހަކު ފިހިއްޖެ އެވެ.
މިއަދު ހެނދުނު 9:00 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ބިދޭސީއަކާއި ދިވެއްސަކަށް ކަމަށް ފުލުހުންގެ މީޑީޔާ އޮފިޝަލް މައުލޫމާތު ދެ އެވެ.
އަނިޔާވި ތިން މީހުން ވެސް މާލެ ގެނެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އަނިޔާވި ތިން މީހުންގެ ހާލު ވެސް އިތުރަށް ގޯސްނުވާ ކަމަށެވެ.
"އެމީހުން ބެއްލެވި ޑޮކްޓަރުން ވިދާޅުވަނީ ތިން މީހުން ވެސް ފިހިފައި ކަމަށް ހުރީ. އެކަމަކު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ދެއްވަނީ،" އޭނާ ބުންޏެވެ.
އެ ތިން މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ. އަދި ކޮމްޕްރެސަރު ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ފުލުހުން ނުބުނެ އެވެ.