ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ފިލިޕީންސްގެ ކޮލެޖަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސް ވަނީ ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) މެދުވެރިކޮށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށް، ޑޮކްޓަރުކަން ކިޔެވުމުގެ ޓިއުޝަން ފީ މުޅިން ހިލޭ ލިބޭނެ އެވެ. އަދި 10 ދަރިވަރަކަށް، ކޯސް ފީ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގައި މިހާރު ވެސް 23 ދަރިވަރުން އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަނުން އަންނަނީ ދޭތެރެ ދޭތެރެއިން ބޭރުގެ ޔުނިވާސިޓީތަކާ އެކު އެއްބަސްވުންތައް ހަދަމުންނެވެ.