"މާ ސާފު މާލެ" ގެ ނަމުގައި މާލެ އާއި ވިލިމާލެ ސާފުކުރަން ކުރިއަށް ގެންދާ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
މިއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިނިސްޓްރީން ވަނީ މާލެ އާއި ވިިލިމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ހެނދުނު 6:00 ގައި ފެށި ސާފު ކުރުމުގެ ޕްރޮގްރާމުގައި 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ރަޖިސްޓްރީކޮށްފައިވެ އެވެ.
މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމިއްޔާތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުން ބައިވެރިވެފައިވެ އެވެ.
ސާފު ކުރުމުގެ ހަރަކާތް މިއަދު ފެށި އިރު، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.