ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް އދ. މާމިގިލީ އެއާޕޯޓް ހިންގަން ދިން މުއްދަތު 99 އަހަރަށް އިތުރު ކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން މިދިޔަ ޑިސެމްބަރު މަހު ނިންމި މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން މާމިގިލީ އެއާޕޯޓް ހިންގުމުގެ މުއްދަތު 99 އަހަރަށް އިތުރު ކޮށްދިން މައްސަލައިގައި އެ ކޮމިޝަނުން ބެލި ބެލުމުން ކޮރަޕްޝަންގެ އަމަލެއް ހިންގައިފައެއް ނުވެ އެވެ.

މާމިގިލީ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ވިލާ ކުންފުންޏާ އެކު 2001 ވަނަ އަހަރު ސަރުކާރުން ސޮއި ކުރިއިރު، އެ ތަން ދީފައި އޮތީ 30 އަހަރަށެވެ. އޭގެ ފަހުން، އެތަން ހިންގުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ.