ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ބޮޑެތި މައްސަލަތަކެއް އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިރޭ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި އުފާ ފާޅުކުރަމުން އެބަ ދެ އެވެ.
ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުންގެ ހެބިއަސްކޯޕަސް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.
ސުޕްރީމް ކޯޓުން މިރޭ ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.
މި ނިންމުން ސުޕްރީމް ކޯޓުން އިއުލާން ކުރި އިރު ވެސް އެމްޑީޕީގެ ހަރުގެ ކައިރީގައި މީހުން އެއްވެފައި ތިއްބެވެ. އެއްވުން އާންމުކުރުމާ ގުޅިގެން އެ ސަރަހައްދުގައި މީހުން އުފާކޮށ އަތް ޖަހައި ސުޕްރީމް ކޯޓަށް ސާބަސް ދެމުން ދިޔަ އެވެ. ހަމަ އެހެންމެ، ސިޔާސީ ބައެއް ލީޑަރުން ވެސް އެ ތަނަށް ވަޑައިގަތެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ސިޔާސީ ލީޑަރުން ދަނީ އެކަމުގެ އުފާ ފާޅުކޮށް ޓްވީޓް ކުރަމުންނެވެ.