މާލޭގައި ރޭ ދަންވަރު ފިހާރައެއް ފަޅާލައި، 42،000ރ. ވަގަށް ނަގައިފި އެވެ.
އަހިވިލާ މަގުން މ. އޭސް ހާޑްވެއާ ކައިރީގައި ހުންނަ، ބޮޑީ ބިލްޑަރުންގެ ފިޓްނަސް އަށް ބޭނުންވާ ސާމާނު ވިއްކާ އެތްލެޓިކާ ފިހާރަ އިން ވައްކަން ކޮށްފައި ވަނީ އެލުމެނިއަމުން ހަދާފައިވާ ދޮރުގެ ތަޅު އިންނަ ބައި ކަފާލައިގެން ކަމަށް އެތަނުގެ ވެރިއަކު މިއަދު ބުންޏެވެ.
އޭނާ ބުނީ މި ވައްކަން ކުރީ ރޭ ދަންވަރު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.