މަސްވެރިކަމާއި މެރިކަލްޗާ އަދި މެރިން ރިސާޗްގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ބެޗެލާސް އާއި މާސްޓާސް ކިޔެވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން އެ ދާއިރާތަކަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހުޅުވާލި ފުރުސަތުތަކެކެވެ.
މިނިސްޓްރީން ބުނީ އެ ކޯސްތައް ކުރިއަށް ގެންދާނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތަކުގެ އިތުރުން އޯއީސީޑީގެ ގައުމުތަކުގައި ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ފުރުސަތު ދޭ ފިޝަރީޒް ދާއިރާ
މާސްޓަސް ޑިގްރީގެ ދެ ޖާގަ
- ފިޝަރީޒް މެނޭޖްމަންޓް
- މެރިޓައިމް އެފެއާޒް
ބެޗެލާސް ޑިގްރީގެ ތިން ޖާގަ
- އެކުއާކަލްޗާ
- ފިޝަރީޒް ސައިންސް
- މެރިން ސައިންސް
މެރިން ރިސާޗް އަދި މެރިކަލްޗާ ދާއިރާ
މާސްޓާސް ޑިގްރީގެ ތިން ޖާގަ
- ސަސްޓެއިނަބަލް އެކުއާކަލްޗާ
- އެކުއާ ކަލްޗާ ނިއުޓްރީޝަން
- އެކުއާކަލްޗާ އިންޖިނިއަރިން
- އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީ
ބެޗެލާސް ޑިގްރީގެ އެއް ޖާގަ
- ރިމޯޓް ސެންސިން
- ޖީއައިއެސް ނުވަތަ އޯޝަނޯގްރަފީ އަށް ހާއްސަ މެރިން ސައިންސް
އެގްރިކަލްޗާ ދާއިރާ
މާސްޓާސް ޑިގްރީގެ އެެއް ޖާގަ
- ޕްލާންޓް ޕްރޮޓެކްޝަން
- އެންޓޮމޮލޮޖީ
- ޕްލާންޓް ޕެތޮލޮޖީ
ބެޗެލާސް ޑިގްރީގެ ތިން ޖާގަ
- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)
- އެގްރިކަލްޗަރަލް ސައިންސް
- ހޯޓިކަލްޗަރަލް ސައިންސް
މާސްޓާސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރަކީ ގުޅުން ހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު، ދާއިރާގައި މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ބެޗެލާސް ޑިގްރީއަށް އެދޭ ދަރިވަރަކީ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން އަދި އޭލެވެލްގެ ތިން މާއްދާއިން "ސީ" އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނުވަތަ ގަބޫލުކުރެވޭ ފައުންޑޭޝަން ސަނަދެއް ފުރިހަމަ ކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
ސްކޮލާޝިޕް ލިބޭ މީހުންގެ ކޯސް ފީ އާއި އަހަރީ ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސްގެ އިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑް ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުންނެވެ.
އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަރު އަންނަ މަހުގެ 15ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް ހަމައަށް ހުޅުވާލާފައި ވާއިރު މިނިސްޓްރީން ބުނީ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް، ހ. ޕަލްމޭރާ، ތިން ވަނަ ފަންގިފިލާއަށް ނުވަތަ [email protected] މެދުވެރިކޮށް ކަމަށެވެ.