ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައި، އެސްޓީއޯ އިން އިންޖިނިއަރިން ދާއިރާގެ ސްކޮލާޝިޕެެއް ތައާރަފު ކޮށްފި އެވެ.
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން އެސްޓީއޯ އިން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ސްކޮލާޝިޕް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.
އެ ދެ ސްކޮލާޝިޕް ހާއްސަ ކޮށްފައި ވަނީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާ އިން ހާއްސަ ވުމަށާއި އެލަވޭޓާ އިންސްޓޯލޭޝަންގެ ދާއިރާއިން ހާއްސަ ވާން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާ އިން ހާއްސަވާ ސްކޮލަޝިޕަކީ އިންޖިނިއަރިން ދާއިރާއިން އަންޑަ ގްރެޖުއޭޓްވާ މީހުންނަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެކެވެ. އެއީ ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީއަކުން، އެއް އަހަރު ދުވަހުން ނިންމޭ ޕްރޮގްރާމެކެވެ.
ދެވަނަ ސްކޮލަޝިޕް އެލެވޭޓާ އިންސްޓޮލޭޝަަނަށް ހާއްސަ ކުރީ އެސްޓީއޯއިން ބުނި ގޮގައި ދުނިޔޭގެ އެންމެ މަގްބޫލް ބްރޭންޑްގެ އެލެވޭޓާ "ކޯނޭ" ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯ އިން ކަމަށް ވާތީ އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރު ކުރާށެވެ. އެ ސްކޮލަޝިޕް ފުރުސަތު ފަހިކުރީ ކޯނޭ އެކަޑެމީއާ ގުޅިގެންނެވެ.