މި މަހު، ސްކޫލް ބަންދު ތެރޭގައި 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ 30 ގްރޫޕެއްގެ ހަވާލުގައި 4،364 މީހުން އުމްރާއަށް ފުރާފައިވާ ކަމަށެވެ.
އެންމެ ގިނަ މީހުން ގޮސްފައިވަނީ 'އަލް މުސާފިރު' ގްރޫޕުންނެވެ. އެއީ 1،004 މީހުންނެވެ. ދެ ވަނައަށް އެންމެ ގިނައީ 640 މީހުންނާއެކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނެވެ.
ގިބްލަ ގްރޫޕުގެ ހަވާލުގައި 330 މީހުން އުމްރާއަށް ދިޔަ އެވެ.
މީގެ ކުރިން އުމްރާގެ އަޅުކަމަށް އާއްމުކޮށް ގޮސް އުޅުނީ ބޮޑެތި މީހުން އެކަންޏެވެ. ނަމަވެސް، ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެ ޓްރެންޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ސްކޫލު ޗުއްޓީއާ ދިމާކޮށް އެކި އުމުރުގެ މީހުން ހިމެނޭ ގޮތަށް އާއިލާތައް އެކުގައި އުމްރާގެ އަޅުކަމަށް ދެ އެވެ.