ކުއްލި ޚަބަރު

ފީއަލީގައި އަލިފާނުގެ ބޮޑު ހާދިސާއެއް، ހަތަރު ދޯންޏާއި އައިސްޕްލާންޓުގައި ރޯވެއްޖެ!

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ މިއަދު އަނދަނީ.---ފޮޓޯ: މުހައްމަދު ފަޒީން
Last update:
11:11

ރަށު ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑު ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނޭ. އަދި އެ ރަށު ސްކޫލްގެ މިއަދުގެ  ކިޔެވުން ވެސް އިންޓަވަލަށްފަހު ބަންދުކުރަން ވަނީ ނިންމާފައި.

11:10

އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގެ ބައެއް ތަންތަނުގައި ރޯވެފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި.

11:08
11:06
11:04

އަލިފާން ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެނީ

ފީއަލީގެ ހަތަރު ދޯންޏެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނޭ. ފުލުހުންނާއި އާއްމުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރަން އަންނަނީ މަސައްކަތް ކުރަމުން. 

10:26

އަލިފާން ނިއްވަން ފެންޖަހަމުން ދިޔަ ނަމަވެސް އަލިފާންގަނޑު ފެތުރުން ފިޔަވައި އިތުރު ކަމެއް އަދި ނުވާ ކަމަށް އެ ރަށުން ބުނި. 

10:19
ކުއްލި ޙަބަރު

ފީއަލިން ވާހަކަ ދެއްކި މީހަކު އަލިފާންގަނޑު އަދި އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވާ ކަމަށް. އަލިފާން ނިއްވުމުގެ މަސައްކަތުގައި ނިލަންދޫގެ ފަޔާ ސްޓޭޝަންގެ ފަޔާމަނުންނާއި ފުލުހުން އަދި އާންމު ރައްޔިތުން އަންނަނީ ހަރަކާތްތެރިވަމުން. 

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ދެންމެ އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރުން ތިން ދޯންޏެއްގައި ވެސް ރޯވެއްޖެ އެވެ. 

ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު މި ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވެގެން ހެނދުނު 9:15 ހާއިރު އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެހެންވެ، އެ އަލިފާންގަނޑު ނިއްވާލަން ފުލުހުންނާއި ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.

ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ދެން ރޯވީ، ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯންޏާއި ވެލި އުފުލަން ބޭނުންކުރާ ދޯންޏެއްގައި ރޯވެފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭގެ އިތުރުން ފީއަލީގެ އައިސްޕްލާންޓުގައި ވެސް ރޯވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

"ތެޔޮ ދޯނީގައި ރޯވީ ދެބައިކުޅަ އެއްބައި ތެޔޮ ހުސްކުރި ފަހުން. ތެޔޮ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ އަލިފާން ރޯވީ،" ދޯނީގައި ހުރި މީހަކާ ހަވާލާދީ، އެހެން މީހަކު ބުންޏެވެ. 

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.

މި އަލިފާނުގެ ހާދިސާގައި ރޯވި ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯންޏަކީ ފީއަލީގައި އެ މަސައްކަތް އެންމެ ރަނގަޅަށް ކުރާ ދެ ދޯނި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، އިތުރު ދޯނިތަކުފައި ރޯވެ އަނދަނީ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، އިތުރު ދޯނިތަކުފައި ރޯވެ އަނދަނީ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، ތެޔޮ ދޯނީގައި ރޯވެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. 

އެމްއެންޑީއެފުން ބުނީ، އަލިފާން ނިއްވަން ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 


އާސިމާ ނިޒާރު
އާސިމާ ނިޒާރު
09 އެޕްރީލު 2026
3

އުސްއަލިތައް

ރިއެކްޝަންސް

3 ކޮމެންޓް

ސޭޑް ބަޓް ވަޓް ޓު ސޭ

ދުވާލަކު ކަމެއް ވާނީ. ގެއްލުނު ދުވަސްވީ މީހާ ހޯދިއްޖެ މިއަދު.

5 hrs
ޥީ ފެއިލް

ޢެއަރޕޯޓް ފޯމް ލޮރީ ނުގެންގޮސް ނުވާނެ ތިކަމެއް ފަޔާ ސްޓޭޝަނެއް ހުއްޓްކަސް. ޙުލިވަންދެން އަދައިގެން ނިވޭނީ އެހެން ނޫނީ. މި މީހުން ބުނާނެ ފެތުރުމޭ ތިމަންމެނަށް ހުއްޓުވެނީ. ޢެކަމެއްވެސް ނުވި

5 hrs
2
1
އަސަރު68

ވަރަށް ދެރަވަރުކޮށް މިދަނީ. އިންތިހާއަށް ތެޔޮ އަގުބޮޑުވެފާވާ މިދުވަސްވަރު ތީކީ ވެގެންވާނޭ ގޮތެއްނޫން. މަސައްކަތް ކުރުމުގާ ބަލަންވާ ވަރަށް ނުބެލުނީމާ ގިނަފަހަރަށް ގޯހުން ކަންކަން ދަނީ.

5 hrs