އައްޑުއާ 2،500 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ދެންމެ ބުނީ އައްޑުއާ 2،553 ކިލޯމީޓަރު ދުރުން މިޑް އިންޑިއަން ރިޖަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު ހެނދުނު 9:55 ގައި އައިސްފައިވާ ކަމަށެވެ. 

އެކަމަކު މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެ އަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.  

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މިޑް އިންޑިއަން ރިޖަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް 10 ކިލޯމީޓަރުން އަޑިން އައިސްފައިވާ ކަމަށް މިއަދު ހެނދުނު 10 ޖަހަނިކޮށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. 

މިޑް އިންޑިއަން ރިޖަކީ އާންމުކޮށް ވެސް ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ.