ލޯކަލް ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން މިއަދު ބޭއްވި ސައިކަލު ބުރަށް ފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށެވެ.

 ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ.
ރައީސް 

އެ މަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަން ފާހަގަކުރައްވައި ވިދާޅުވީ މިއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިހާބެއް ކަަމަށެވެ.

ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރަން ވަރަށް ބޮޑަށް ބޭނުންވެ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ނިޒާމެއް ކަަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި ބައިވެރިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖލިހުގެ ރައީސް އަބްދުއްރަހީމް އަދި އެ ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް، ރައީސް މުއިއްޒުގެ ވާހަކަފުޅު އަޑުއައްސަވަނީ.

"ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގެ ބައިވެރިންނާ ރައީސް މުއިއްޒު ސަލާން ކުރައްވަނީ.
ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގެ ބައިވެރިންނާ ރައީސް މުއިއްޒު ސަލާން ކުރައްވަނީ.

ކައުންސިލްތަކުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ގޮނޑިތަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދޭން އެމަނިކުފާނު އެދިވަޑައިގަތެވެ. 

ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.
ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބު ކަމަށެވެ. އެ ދުވަހު މަޖިލިސް އިންތިހާބު ވެސް ބޭއްވުމުން، ރައްޔިތުން އެންމެ ބޭނުންވާ މެމްބަރުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި އެ ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.
ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި އެ ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަންނަވަނީ.

ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.