މި ރޯދަމަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މާލޭގެ 21 މިސްކިތެއްގައި ދަމު ނަމާދުކުރާނެ އެވެ. އަދި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލެ 1 ގެ 6 މިސްކިތެއްގެ އިތުރުން ހުޅުމާލެ 2 ގެ ފަސް މިސްކިތެއްގައި ފަހު 10 ގައި ދަމު ނަމާދުކުރާނެ އެވެ.
މާލޭގައި ދަމުނަމާދުކުރާ މިސްކިތްތައް:
- އިސްލާމީ މަރުކަޒު
- މަސްޖިދުލްމަލިކި ސަލްމާން
- ވިޔަފާރިވެރިންގެ މިސްކިތް
- މަސްޖިދުލްފުރްގާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު އަލީ
- ތައިބާ މިސްކިތް
- ދުނބުރި މިސްކިތް
- ފަނޑިޔާރު މިސްކިތް
- ބަންޑާރަ މިސްކިތް
- މަސްޖިދު ސަލާހުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލްބަރުބަރީ
- ރަންމިސްކިތް
- ފައިފުހޭ މިސްކިތް
- މާވެޔޮ މިސްކިތް
- މަސްޖިދު އަފީފުއްދީން
- މާފަންނު އާމިސްކިތް
- މަސްޖިދުއްޒުކްރާ
ވިލިމާލޭގައި ދަމު ނަމާދުކުރާނެ މިސްކިތްތައް:
- މަސްޖިދުލްބިއްރި
- މަސްޖިދުއްސަލާމް
- މަސްޖިދުލްއިހްލާސް
ހުޅުމާލޭގައި ދަމު ނަމާދުކުރާނެ މިސްކިތްތައް:
- ވަށްގުއްބު މިސްކިތް
- މަސްޖިދު ރަޝީދު
- މަސްޖިދު އަޒީޒާ މޫސާ
- މަސްޖިދުލްވާލިދައިނި
- މަސްޖިދު މުހައްމަދު
- މަސްޖިދުލްއަސްދިގާ
- މަސްޖިދު ހަސަން އާދަމް
- މަސްޖިދުލް އީމާން
- މަސްޖިދު އަމީލް ޖަލީލް
- މަސްޖިދު އަބީބަކުރިނިއްސިއްދީގް
- މަސްޖިދު އުސްމާނު ބިން އައްފާން
އިސްލާމިކް މިނިސްޓްރީން ވަނީ ފަހު 10 ގައި މާލޭ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތް އަދި ހުޅުމާލޭގެ 8 މިސްކިތެވެ.