ރޯދަމަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. 

ރައީސް އޮފީހުން ބުނީ މި އަހަރުގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. 

އެއީ 2022 ވަނަ އަހަރުން ފެށިގެން ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ސަރުކާރުން ކަނޑަޅާފައިވާ ވަގުތެވެ. 

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ އަންނަ ބުދަ ދުވަހު އެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމަށް އަންނަ އަންގާރަ ދުވަހުގެ ރޭ ހަނދު ސާބިތުކުރުން އޮންނާނެ އެވެ.