ކަނޑުމަގުން ރާއްޖެ އެތެރެކުރަން ކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
އެ އިދާރާ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އިން ބޭރުން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ.
ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން އެ ތަކެތި ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
- ބަރުދަނުގައި 36.43 ކިލޯ ހުރި
- މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާ
ކަސްޓަމްސް އިން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި، އެ ތަކެތި ހުރީ ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.