ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށް، އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 31 ވަނަ ދުވަހު ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ވަރުގަދައަށް ކުށްވެރިކުރާ ކަމަށާއި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކަކާއި ރާއްޖެއިން ދެކޮޅުހަދާ ކަމަށެވެ.
ހަމަލާގެ ޝިކާރަައަކަށްވީ މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށާއި ހިތާމައިގެ މިވަގުތުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޕާކިސްތާނުގެ ބަލޯޗިސްތާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތަކުން ދިން ހަމަލާތަކުގައި އާއްމުންގެ 31 މީހުންނާއި ސިފައިންގެ 17 މީހަކު މަރުވި އެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ 145 މީހުން ވެސްް މަރުވި އެވެ.