ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ، އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރު، އާމިނަތު ހަސަން (އައިންތު މިސް) ކެންސަރު ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ.
އައިންތު މިސް އުމުރުން 58 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގަ އެވެ.
ކެންސަރުގެ އާލާސްކަންފުޅަށް އައިންތު މިސް ފަރުވާ ހޯއްދަވާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
އައިންތު މިސް ވަނީ ދިވެހި އުނގަންނައިދެއްވުމުގައި 34 އަހަރު ހޭދަކުރައްވާފައިފަ އެވެ.
އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތި ހިލްމީ ވިދާޅުވީ އައިންތު މިސް ކިޔަވައި ވިދާޅުވެ އެންމެ ފުރަތަމަ ވެސް މަސައްކަތް ފެއްޓެވީ އެ ސްކޫލުގައި ކަމަށެވެ.
"އޭރު ސްކޫލުގައި މަސައްކަތް ކުރައްވަމުން ނުކިޔެވޭނެ. އެހެންވެ ޑިގްރީ ކިޔަވަން ވަޑައިގެންނެވީ. އެއީ އަނީމިއްޔާގައި މެދުކެނޑުނު ދުވަސްކޮޅު. ވަރަށް ހިތްހެޔޮ ބޭފުޅެއް އެއީ،" ފާތިމަތި ހިލްމީ ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވައިފައިވާ އައިންތު މިސް ޑިގްރީ ނިންމަވައި 2018 ވަނަ އަހަރު އަދާ ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަމެވެ.
ކޮމިޝަން އުވާލިއިރު އަމީނިއްޔާގައި ވަޒީފާއެއް ނެތުމުން ދެން ވަޑައިގަތީ މަޖީދިއްޔާ ސްކޫލުގެ ދިވެހި ޓީޗަރަކަށެވެ. އެ ސްކޫލުގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު އަނެއްކާ ވެސް ގުޅިވަޑައިގަތީ އަމީނިއްޔާ ސްކޫލާ އެވެ. ނިޔާވުމާ ހަމައަށް އެ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރައްވި އައިންތު މިސް ވަނީ ޓީޗަރުކަމުގެ އިތުރުން ލީޑިން ޓީޗަރުކަން ވެސް ކުރައްވައިފަ އެވެ.
"އެންމެންނާ ވެސް ވަރަށް ގުޅޭ، ވަރަށް ހިތްހެޔޮ ވަރަށް ގާތުން މަސައްކަތްކުރާ ބޭފުޅެއް. ވަރަށް ގާތް ގުޅުމެއް ބާއްވާ، ދަރިވަރުންނާއި އެކުވެރި، ސަކަ މިޒާޖެއް ވެސް ހުންނާނެ. އެ ގުޅުން އެންމެ ފާހަގަ ކުރެވެނީ..އެ ގުޅުން އެންމެ ފާހަގަ ކުރެވެނީ. އެއްވެސް ކަހަލަ ފޮނި، ބޮޑާކަމެއް ނުހުންނާނެ،" ފާތިމަތު ހިލްމީ ވިދާޅުވި އެވެ.
"އަމީނިއްޔާ ސްކޫލަށް އެކަންޏެއް ނޫން ގެއްލިގެން އެ ދިޔައީ މުޅި ގައުމަށް ހިދުމަތްތެރިއެއް. ވަރަށް ގިނަވާނެ އައިންތު މިސް ކިޔަވައި ދެއްވާފައި ތިއްބެވި ކުދިން. ހާއްސަކޮށް ދިވެހި ބަހަށް. އަޅުގަނޑު ބުނާނީ އަމީނިއްޔާގެ އެއް ތަނބޭ އެ ގެއްލުނީ."
އައިންތު މިސް އަވަހާރަވި އިރު ފިރިއަކާއި އަންހެން ބޭފުޅަކު ހުރެ އެވެ.