ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނަރު މެގަޗިޕް ގުޅިގެން ދޭ އޭލިއަންވެއާ ގޭމިން ބަންޑަލްގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ އޭލިއަންވެއާ ގޭމިން ބަންޑަލްގެ ނަސީބުވެރިއަކަށް ހޮވުނީ ހަސަން އާލިފް އަބްދުލް ގަނީއެވެ. 

ގޭމަރުންގެ މެދުގައި މަގުބޫލު މި އަގުހުރި އޭލިއަންވެއާ ބަންޑަލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރަކާއި އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓަކާއި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑަކާއި އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ހިމެނެ އެވެ. 

ޑީޖީޖީ އަކީ ގޭމަރުންނަށް ހާއްސަކޮށް ދިރާގުން ލޯންޗުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމުން ދަނީ އެކި ގޭމިން މުބާރާތްތައް ބާއްވައި، ގޭމަރުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގޭމަރުންނަށް ދިރާގުގެ ހާއްސަ އޮފާތަކުގެ އިތުރުން އެފަދަ އަގުހުރި އެކި އިނާމުތައް ވެސް ދަނީ ގެނެސްދެމުންނެވެ.