ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑު 10 ގައި ކިޔަވަމުން އައި  ކުޅުދުއްފުށި، ލަތީފީމަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް ނިޔާވެފައި އޮތްކަން އެނގުނީ ރޭ ފަތިހު ނުހޭލުމުން ގޮސް ބެލުމުން ކަަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބޮލުގައި ވަރަށް ގަދައަށް ރިއްސާތީ ޝަޒްފާ ރޭގައި ބޭސް ކެއެވެ.

ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ މަސައްކަތް ކުރަނީ ކުޅުދުއްފުށި ހޮސްޕިޓަލްގެ އެޓެންޑެންޓެއްގެ ގޮތުގަ އެވެ.

ޝަޒްފާގެ ކަށުނަމާދު ބާއްވަން ނިންމާފައި މިއަދު އަސުރުނަމާދަށް ފަހު އެވެ.