ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ހާއްސަ އިނާމުތަކެއް ލިބޭ "ރަން ފުރުސަތު" ޕްރޮމޯޝަން ފަށައިފި އެވެ. 

މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ފަސް ނަސީބުވެރިއަކަށް 2،000ރ. ގެ ގިފްޓު ކާޑު ވަނީ ހުށަހަޅައިފަ އެވެ. ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 100،000ރ. ގެ ގިފްޓް ކާޑެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ކާޑު މެޝިން، ކިއުއާރު ކޯޑު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 500ރ. އިން މަތީގެ ފައިސާ މުއާމަލާތް ކޮށްގެންނެވެ. 

މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ވެސް 2،000ރ. ގެ ގިފްޓު ކާޑު ލިބޭ ނަސީބުވެރިން އިއުލާނު ކުރާނެ އެވެ. 

މި ޕްރޮމޯޝަންގައި މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގެ ބައެއް ފިހާރަތައް ވެސް ހިމެނެ އެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުގެ މައުލޫމާތު ބީއެމްއެލް ވެބްސައިޓުން ލިބޭނެ އެވެ.