މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭގެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވި ކޮށް ފެށީ، މިދިޔަ ޑިސެމްބަރު މަހު އެވެ.

އެމްއޭސީއެލުން މިއަދު ބުނީ ސައިޓް އޭ އިން 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 56 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ އެ މަޝްރޫއުގެ 41 ޕަސެންޓުގެ ބިމެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކުރަނީ.-- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކުރަނީ.-- ފޮޓޯ: އެމްއޭސީއެލް

ޑިސެމްބަރުގައި މަސައްކަތް އަލުން ފެށިއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެކެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 18، 2023ގަ އެވެ. ރަސްމާލެ އެއްކޮށް ހިއްކައި، އަންނަ މާޗް ނުވަތަ އެޕްރީލް މަހަށް ނިމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކުރަނީ.-- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކުރަނީ.-- ފޮޓޯ: އެމްއޭސީއެލް

ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ.