އަލްމަނާސިކް ހައްޖު އުމްރާ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުމަކަށް ގޮސް ހުރި މީހަކު ހާޓް އެޓޭކެއް ޖެހިގެން ރޭ ނިޔާވެއްޖެ އެވެ.
މ. ސައްކެޔޮމާގޭ އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒު ނިޔާވީ އަލްމަނާސިކް ގުރޫޕުން ބުނި ގޮތުގައި ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ރޭގެ 7:35 ގަ އެވެ.
"ޑޮކްޓަރުން ބަލާފައި ބުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ނިޔާވީ. ހިތުގެ މައްސަލައެއް އުޅޭތީ ޕޭސްމޭކާ ވެސް ލައްވާފައި ހުރީ،" އަލްމަނާސިކް ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އިމްތިޔާޒު އުމްރާގެ އަޅުކަމަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް 7،700 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރާނެ އެވެ.