ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ކާވާ ކަޕްގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފި އެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ކާވާ ކަޕްގެ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ކިރިގިސްތާނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅުނު މެޗުގައި ރާއްޖޭން ތިން ސެޓް ވެސް ކާމިޔާބު ކުރީ އިތުބާރާ އެކު މެޗުގެ ސެޓްތައް ދިޔައީ 25-17، 25-12، 25-12 އިންނެވެ.

ކިރިގިސްތާން ފައިނަލަށް ދަތުރު ކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި އަފްޣާނިސްތާނުގެ މައްޗަށް 3-1 ސެޓުން ކާމިޔާބު ހޯދައިގެންނެވެ.

އެ މެޗުގެ ސެޓްތައް ދިޔައީ 25-17، 25-14 އަދި 26-28، 25 އިންނެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗު މާދަމާ ހަވީރު އޮންނާނެ އެވެ. އެ މެޗުގައި ވާދަކުރާނީ ސެމީ ފައިނަލުން ބަލިވި ބަންގްލަދޭޝާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި އެ ދެ ޓީމު ކުޅުނު މެޗު އަފްޣާނުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

ފައިނަލު މެޗު އޮންނާނީ މާދަމާ ރޭގަ އެވެ. ރައުންޑް ރޮބިން ބުރުގައި ކިރިގިސްތާނުގެ މައްޗަށް ރާއްޖޭން ކުރި ހޯދީ 3-1 ސެޓުންނެވެ. ރާއްޖެ ފައިނަލަށް ދިޔައީ ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.