މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ޑިމޮކްރެޓްސް ޕާޓީގެ ދެ މެންބަރުން ކަމަށްވާ ސައިފް ފާތިހާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިއްޖެ އެވެ.
އެ ދެ ބޭފުޅުން އެމްޑީޕީއާ އަލުން ސޮއިކުރެއްވިއިރު ދެ ކައުންސިލަރުން ކައުންސިލަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް، އެމްޑީޕީއާ އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީން 2023 ވަނަ އަހަރު ވަކިވެވަޑައިގަތީ އެވެ.
ސައިފާއި ނާޒިމާ އެމްޑީޕީ ދޫކޮށް އޭރު ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސް ޕާޓީއަށެވެ. ސައިފް ވަނީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އެ ޕާޓީގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވެސް ވާދަކުރެއްވި އެވެ.
ނަޝީދު ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސް މި ވަގުތު އޮތީ ހުއްޓިފަ އެވެ.
ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި އެހެން ހުރިހާ ބޭފުޅުން ވެސް މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އޭގެ ތެރެއިން އަލީ އާޒިމް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެެވެ.