ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.

މަޖިލީހުން މިއަދު ރުހުން ދިނީ ޖުޑިޝަރީ ކޮމިޓީން އެ ބޭފުުޅުންނާ އިންޓަވިއުކޮށް އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކަށެވެ.

މަޖިލީހުން ރުހުންދިން 5 ބޭފުޅުން

1- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ

2- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ

3- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ

4- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02

5- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ

އެ ފަސް ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓްތަކުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.