ހުޅުމާލެ އިން ބަނގުރާފުޅިތަކެއް ޕިކަޕަކަށް އަރުވައިގެން ދަނިކޮށް، އުމުރުން ދުވަސްވީ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ތ. ގާދިއްފުށީ، ނީލާއާކާސް، އަލިމަނިކު ކަމަށެވެ. އުމުރުން 57 އަހަރުގެ އެ މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އޭނާ ދުއްވަމުން ދިޔަ ޕިކަޕު ހިފަހައްޓައި ބަލައިފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެެވެ.

ޕިކަޕެއް ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން ފެނުނު ބަނގުރާ.
ޕިކަޕެއް ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން ފެނުނު ބަނގުރާ.

ފުލުހުން ބުނިގޮތުގައި ހުޅުމާލެ 1 ގައި ދުއްވާފައި ދިޔަ އެ ޕިކަޕުން 14 ފުޅި ބަނގުރާ ފެނުނެވެ. އަދި އޭނާ ލައިގެން ހުރި އަންނައުނު ބަލައިފާސްކުރިއިރު އެ އިން ވެސް މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ބުންޏެވެ.

އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.