އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓަކު އެ ރަަށުގެ މޫދަށް އެރި އުޅެނިކޮށް ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، މަރުވީ އުޒްބަކިސްތާނަށް އުފަން އުމުރުން 75 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އޭނާ ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ ހަވީރު 5:30 ހާއިރު ކަމަށް ފުލުުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އެކަމަކު، އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ.