ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ.
ފަޒްނާގެ މަންމާފުޅު ޒަމީރާ އުމަރު އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ފަޒްނާގެ މަންމަ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަޒްނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.