ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކަން ނަގަމުންދާ ގޭޓް ފީ ކުޑަކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓު ފީ އަށް މިއަދުން ފެށިގެން މުހިންމު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ކުނި އުފުލާ އުޅަނދުގެ ބަރުދަނަށް ބަލައިގެން ޓަނަކަށް ނަގަމުންދާ ފީ 106ރ. އަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
މީގެ ކުރިން ކުނި އުކާޅާ އުޅަނދުތަކަށް ގޭޓު ފީގެ ގޮތުގައި ނަގަމުން އައީ ޓަނަކަށް 212ރ. އެވެ.