ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވައިފި އެވެ.
ފުލުހުން ދެންމެ ބުނީ ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު މެންދުރު 12:00ގެ ފްލައިޓަކުން އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރަން ފުލުހުން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ކުއްޖާ މަރުވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަން ވަނީ އެނގިފަ އެވެ.
ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ ތަހުގީގުކުރަން ފަށައި، ކުއްޖާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.