ތަޖިކިސްތާނުން ދިވެހިންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭ ގޮތަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި ތަޖިކިސްތާނުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.
ދެ ގައުމު ދެމެދު މިހާރު އަމަލުކުރާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން މިހާރު ވެސް ތަޖިކިސްތާނަށް 30 ދުވަހުގެ ވިސާ ލިބެ އެވެ. އެކަމަކު، މި އެއްބަސްވުމުގެ ސަބަބުން ރަސްމީ ސިފައެއްގައި އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.
ދިވެހި ޕާސްޕޯޓުގައި މިހާރު ވެސް 60 އަށްވުރެ ގިނަ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.