ހުޅުމާލޭގައި ހުންނަ ލަގްޒަރީ ރެޒިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސް ކަމަށްވާ އަކުއާ ވިޓާއިން ވިއްކާ ފަސް އެޕާޓްމަންޓް ގަތުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް ބުނެފި އެވެ.
އަކުއާ ވިޓާއިން ބުނިގޮތުގައި މިހާރު އެ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ހުރީ އެންމެ ފަހު ފަސް އެޕާޓްމަންޓެވެ. އެއީ 1+2 ބެޑްރޫމްގެ އެޕާޓްމަންޓްތަކެކެވެ. މި އެޕާޓްމަންޓްތައް ވިއްކަނީ 6.2 މިލިއަން ރުފިޔާއަށެވެ.
މި އެޕާޓްމަންޓުތަކަކީ ވަގުތުން ދިރިއުޅެން ފެށޭ މިންވަރަށް ނިމިފައިވާ ތަންތަނެވެ.
އަކުއާ ވީޓާގެ އެޕާޓްމަންޓުތައް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ބަދިގެ އާއި ސިޓިން ރޫމަކާ އެކު އެވެ. ހާޑްވުޑް ފްލޯރިން އަޅައިގެން ހަދާފައިވާ މިތަނުގެ އެޕާޓްމަންޓުތަކުގައި އިރުގެ ހޫނުމިން ވަންނަ މިންވަރު ދަށްކުރުމަށް ކުޑަދޮރުތައް ވަނީ ޑަބަލް ގްލޭޒްކޮށްފަ އެވެ. އަދި މި ތަނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެންޓްރަލައިޒްޑް ގޭސް ސިސްޓަމެއް ގާއިމް ކޮށްފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސް އެވެ.
މި އެޕާޓްމަންޓް ކޮމްޕްލެކްސްގެ ވިކިފައި ހުރި އެޕާޓުމަންޓުތަކުގައި މިހާރު މީހުން ދަނީ ދިރިއުޅެމުންނެވެ.
ހުޅުމާލޭގައި ހަދާފައިވާ 14 ބުރީގެ މި އިމާރާތުގައި ޕޫލަކާއި ޖިމަކާއި ހަފްލާތައް ބާއްވަން ހާއްސަ ތަނެއް ވެސް އޮވެ އެވެ.
މި ތަނަކީ އަހަރަކު ކުލީގެ އާމްދަނީގެ ގޮތުގައި 8 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ތަނެއް ކަމަށާއި ސެކަންޑަރީ މާކެޓުގައި ވެސް މި ތަނުން 20 ޕަސެންޓަށް ވުރެ ބޮޑު ކެޕިޓަލް ގެއިންއެއް ލިބޭ ކަމަށް އަކުއާ ވީޓާއިން ބުންޏެވެ.
މިތަނުގެ އެޕާޓްމަންޓުތަކުގެ މައުލޫމާތު 7631385 އިންނާއި އަކުއަވީޓާގެ ވެބްސައިޓުން ލިބޭނެ އެވެ.