މެލޭޝިއާ އެއާލައިނުން ރާއްޖެ އައި ދިވެއްސެއްގެ އަތުން ތިން ބާވަތެއްގެ 3.5 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކާއި، މެލޭޝިއާ އެއާލައިންސް ފްލައިޓް ނަންބަރު 485MH އިން ދަތުރުކުރި ފަސިންޖަރެއްގެ އަތުންނެވެ.
ކަސްޓަމްސް އިން ބުނީ އޭނާ އަތުން އަތުލައިގަތް ޑްރަގްސްގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށެވެ.
އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭތީ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތީގެ ޓެސްޓު ހެދިއިރު 3 ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތި
ބަރުދަނުގައި 3،058 ގްރާމުގެ ހެރޮއިން
315 ގްރާމުގެ މެތުއެމްފެޓަމިން
215 ގްރާމުގެ ސިންތެޓިކް ކެތިނޯން
ކަސްޓަމުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އެ މީހާ އާއި އަތުލައިގަތް ޑްރަގްސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.