މާލޭގެ ސޯސަން މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ރޯވެ އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ހ. ދޫހިމެރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މެންދުރު 2:40 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކަމަކު އަލިފާން ރޯވެ އަނދަމުންދާ ތަނުގައި މީހުން ތިބި ކަމެއް ސާފެއް ނޫނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހަައްދަށް ވަރަށް ބޮޑަށް ދުންގަނޑު ފެތުރެމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވެސް މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.