އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއަހަރުގެ ގައުމީ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ. އެދުވަހަކީ ރަސްމީ ކަލަންޑަރުގައި މިހާރު ވެސް އޮތްގޮތުން ސަރުކާރު ބަންދު ދުވަހެކެވެ.
އެކި މުނާސަބަތުތަކާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކަށް ބަދަލު ގެނައުމަކީ ކުރިން ވެސް ކުރަމުންދާ ކަމެކެވެ.