ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މީގެ ކުރިން ވެސް ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
މިފަހަރުގެ ދަތުރުފުޅަކީ ކޮންކަމާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމެއް ހާމައެއް ނުކުރެ އެވެ.